ޤައުމީ އިއްތިޙާދު ޕާޓީއަށް މެންބަރުން އިތުރުކޮށްފައިވާނީ ރަށްރަށަށް ޒިޔާރަތްކޮށްގެންނާއި، މާލޭގެ މަގުތަކުގައި ޕާޓީގެ މެންބަރުން އިތުރުކުރުމަށް ކުރެވުނު މަސައްކަތްތަކެއްގެ ތެރެއިންކަމަށް އެޕާޓީއިންވަނީ ބުނެފައެވެ.
ފޭސްބުކްގެ ވާސިތާއިން ބަރަހަނާ ފޮޓޯއާއި ވީޑިއޯ ހޯދާ އެބޭނުންކޮށްގެން ބްލެކްމެއިލްކުރާ މަސްއަލަ އަނެއްކާވެސް ފެންމަތިވެއްޖެމިބާވަތުގެ މަސްއަލަތަކެއްވަނީ 1102 ވަނައަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ފެންމަތިވެ، ތުހުމަތުކުރެވޭ 41 މީހަކުވަނީ ހައްޔަރުވެސް ކޮށްފައެވެ.
ޤާނޫނުލްޢުޤޫބާތު ދިރާސާކުރާ ކޮމިޓީގެ މެންބަރުންގެ ޢިލްމީ ޤާބިލުކަމަށް ހެކިދޭ ލިޔުންތައް ފޮނުވުމަށް ޢަދާލަތުން އެދެފިމިއީ އައްޝެއިޚް އިލްޔާސް ޤާނޫނުލް ޢުޤޫބާތު ޑްރާފްޓްކުރުމާއި ގުޅޭގޮތުން ދެއްކެވިކަމަށް އެކޮމިޓީގެ މެންބަރުން ވިދާޅުވާ ވާހަކަތަކެއް ސާފުކުރުމަށް، އޭނާ އެކޮމިޓީއަށް ޙާޒިރުވުމަށް އަންގާފައިވާ ދަނޑިވަޅެކެވެ.
ޑީއާރްޕީއިން ރައީސް ޑރ. ވަޙީދާއެކު އިއްތިޙާދުވުމަކީ ސިޔާސީގޮތުން ދަންޖެހުންކަމުގައި އެމްޑީޕީއިން ސިފަކޮށްފިޑީއާރްޕީއިން ބުނެފައިވަނީ ފުރަތަމަ ބުރުން އެއްވެސް ޕާޓީއަކަށް ރިޔާސީ އިންތިޚާބު ކާމިޔާބުނުކުރެވޭނެކަމަށާއި، އެޕާޓީގެ ބޭނުމަކީ ފުޅާ ކޮއެލިޝަނެއްގެ ތެރެއިން ރައީސް ވަޙީދަށް ދެވަނަ ބުރަކުން ވެރިކަމުން ހޯދައިދިނުންކަމަށެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންގމޭޓަކަށް ޑރ. ޖަމީލް ހަމަޖެއްސުމުން، ހޯމް މިނިސްޓަރުކަމުން އޭނާ ވަކިކޮށްފިރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މަސްޢޫދު ޢިމާދު ވިދާޅުވެފައިވަނީ ޕާޓީއެއްގެ ރިޔާސީ ކެންޑިޑޭޓެއްގެ ރަނިންގމޭޓަކު ހޯމް މިނިސްޓަރުކަމުގައި ހުންނެވުމަކީ މަސްލަޙަތު ފުށުއަރާކަމެއްކަމަށެވެ.
“ދިވެހިރާއްޖޭގައި އެމެރިކާގެ ސިފައިންނާއި، ޢަސްކަރީ މަރުކަޒެއް ޤާއިމުކުރުމުގެ ޤަސްތެއްނެތް” ރޮބަރޓް ބްލޭކް“ދިވެހި ސިޓީ”އިން ލީކުކޮށްލި ސޯފާ އެގްރިމަންޓަކީ މިހާރުވެސް ދެޤައުމުގެ ދެމެދުގައި އެއްބާރުލުންދޭ އަސްކަރީ ހަރަކާތްތަކާ ގުޅޭ އޮނިގަނޑެއްކަމަށްވެސް އޭނާވަނީ ވިދާޅުވެފައެވެ.
ކުޑަކުދިންނަށްދެވޭ ރަޙުމުކުޑަ އަދަބުތައް ބަދަލުކުރުމަށް އދގެ ޚާއްސަ މަންދޫބު ގޮވައިލައްވައިފިޒިނޭގެކުށް ސާބިތުވެ، ޙައްދުގެ ޙުކުމް ޤާއިމުކުރުމަށް ޙުކުމްކޮށްފައިވާ 51 އަހަރުގެ އަންހެންކުއްޖާގެ މަސްއަލައަށް މަރޓާ ސެންޓޯސް ޕައިސް ވަނީ އެކަމަނާގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަލިއަޅުއްވާލައްވައިފައެވެ.
މިއީ މި ކަމާ ގުޅޭ ގޮތުން ގައުމީ ބަހުސެއް ފަށަން އެންމެ ރަނގަޅު ދަނޑިވަޅު ވެސް މެ އެވެ.