ކްރިމިނަލް ކޯޓުގެ އިސް ޤާޟީ ޢަބްދުﷲ މުޙައްމަދު ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައިފި

ކްރިމިނަލް ކޯޓުގެ އިސް ޤާޟީ ޢަބްދުﷲ މުޙައްމަދު ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައިފި ތަންބުނެއިލް

ބަލަމުންދާ މައްސަލައެއްގެ ތަހްޤީޤަށް، ކްރިމިނަލް ކޯޓުގެ އިސް ޤާޟީ ޢަބްދުﷲ މުޙައްމަދު މިރޭ 03:8 އަށް ފުލުސް އޮފީހަށް ޙާޒިރުވުމަށް ޗިޓުފޮނުވައި އަންގައިފިއެވެ. ކްރިމިނަލް ކޯޓުން ބުނެފައިވަނީ އިސް ޤާޟީ ޢަބްދުﷲ މުޙައްމަދުގެ ޗިޓު އެކޯޓަށް ޙަވާލުކުރެވިފައިވަނީ މިއަދު މެންދުރު ފަހު 03:21 ހާއިރުކަމަށެވެ.

ޤާޟީ ޢަބްދުﷲ މުޙައްމަދު ފުލުސް އޮފީހަށް ޙާޒިރުވުމަށް ޗިޓު ފޮނުވާފައިވާކަން ޔަޤީންކޮށްދެއްވަމުން، ފުލުހުންގެ މީޑިޔާ އޮފިޝަލު މިނޫހުގައި ވިދާޅުވެފައިވަނީ، ބަލަމުންދާ މައްސަލައެއްގެ މަޢުލޫމާތު ހާމަނުކުރެވޭނެކަމަށްޓަކައި، ޤާޟީ ޢަބްދުﷲ ޙާޒިރުކުރުމަށް އެންގެ އެންގުމާއި ގުޅޭ އިތުރު ތަފްސީލު ދެވެންނެތްކަމަށެވެ.

ޤާޟީ ޢަބްދުﷲ މުޙައްމަދުގެ ވަކީލު އަދި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގެން މަޖިލީހުގައި ގުރައިދޫ ދާއިރާ ތަމްސީލުކުރައްވަމުންގެންދަވާ މިނިވަން މެންބަރު އިބްރާހިމް ރިޒާ ދުވަހު ނޫސް ހަވީރުގައި މިކަމާމެދު ވިދާޅުވެފައވަނީ، ޤާޟީ ޢަބްދުﷲ މުޙައްމަދާއި ގުޅޭ މައްސަލައެއް ފުލުހުން ބަލަމުންދާކަން ޤާޟީއަށް އެނގިވަޑައިގެންފައި ނެތްކަމުން، “ބަލަމުންދާ މައްސަލައެއްގެ ތަހްޤީޤަށް” ފުލުސް އޮފީޙަށް ޙާޒިރުވުމަށް އެންގުމުން ޤާޟީއަށް ލިބިވަޑައިގެންނެވީ ޙައިރާންކަމެއްކަމަށެވެ.

ކަންމިހެން އޮތްއިރު ދިވެހި ޤައުމީ ޕާޓީގެ ކައުންސިލް މެންބަރު ޑރ ޖަމީލު ރޭގައި ފުލުހުން ހައްޔަރުކުރުމަށްފަހު، ދޫނިދޫއަށް ގެންދިއުމުން، އޭނާ ކޯޓަށް ހާޒިރުކުރުމަށް ކްރިމިނަލް ކޯޓުން ފުލުހުންނަށް ޢަމުރުކޮށް، ޑރ ޖަމީލު ހައްޔަރުކޮށްފައިވަނީ ޤާނޫނާއި ޤަވާޢިދާ ޚިލާފަށްކަމަށް ނިންމައި، ޑރ ޖަމީލުވަނީ މިނިވަންކޮށްފައެވެ. މައްސަލަ ބެއްލެވީ ޤާޟީ ޢަބްދުﷲ މުޙައްމަދެވެ.

ހަމަމިއާއެކު ވޭތިވެދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 62 ވަނަދުވަހު ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން ޣައްސާން މައުމޫން، މީހެއްގެ ބޮލުގައި ވަކަރުގަނޑަކުން ޖަހައި، ޒަޚަމުކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރުމުންވެސް، ކްރިމިނަލް ކޯޓުގައި ޤާޟީ ޢަބްދުﷲ މުޙައްމަދު މައްސަލަ ބައްލަވައި، ޣައްސާން ހައްޔަރުކޮށްފައި ނުބެހެއްޓޭނެކަމަށްވަނީ ނިންމާފައެވެ.

އެހެންކަމުން ކޯޓު ޢަމުރެއްނެތި ފުލުހުންނަށް އެއްވެސް މީހަކު އެއްވެސް ޙާލަތެއްގައި ހައްޔަރުނުކުރެވޭނެކަމަށް ޤާނޫނު ތަރުޖަމާކުރެވެން ފެށިފައިވެއެވެ.

ޤާޟީ ޢަބްދުﷲ މުޙައްމަދު ބެލި މައްސަލައެއްގައި، ޢުމުރުން 81 އަހަރުނުވާ ކުޑަ އަންހެން ކުއްޖަކަށް ދިމާވި ޖިންސީ ގޯނާކުރުމުގެ އަނިޔާތައް ޙަރަކާތުން ދެއްކުމަށް ޤާޟީ އެންގެވި އެންގުވުމާއި ގުޅޭގޮތުން، ޤާޟީގެ ސުލޫކީ މިންގަނޑާމެދު ކަންބޮޑުވުން ފައުޅުކުރައްވާ އޭރުގެ ބަންޑާރަ ނައިބު ޑރ ޙަސަން ސަޢީދުވަނީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން ޢަބްދުލް ޤައްޔޫމަށް 5002 ވަނައަހަރު ލިޔުއްވާފައެވެ.

އަދި މިހާރުގެ ސަރުކާރު ވެރިކަމަށް އައުމަށްފަހު، މިލިޔެކިޔުންތައްވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަނަށް 9002 ވަނައަހަރު ފޮނުވި، މިކަންކަން ތަހްޤީޤުކުރުމަށް އެކޮމިޝަނުގައި އެދިފައިވެއެވެ. އެހެންނަމަވެސް މިމައްސަލައިގެ ތަހްޤީޤައިގެން ކުރިއަށް ނުދިއުމަށް އެކޮމިޝަނުންވަނީ 9002 ވަނައަހަރުގެ ޖުލައި މަހުގެ 03 ވަނަ ދުވަހު ނިންމާފައެވެ.

ކަންމިހެން ހުރިނަމަވެސް ޤާޟީ ޢަބްދުﷲ މުޙައްމަދުގެ ސުލޫކީ މައްސަލަތަކެއް ބަލައި ނިންމާފައިވާކަން ވޭތިވެދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި އެކޮމިޝަނުންވަނީ ހާމަކޮށްފައެވެ. އަދި މިމައްސަލައަކީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ކުރީގެ މެންބަރު އަދި މިހާރު ހޯމް މިނިސްޓަރުގެ ނައިބު ޢާއިޝަތު ވެލެޒިނީ ހުށަހެޅުއްވި 0102 ވަނައަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ދިޓީވީގެ ޕްރޮގްރާމެއްގައި ސިޔާސީގޮތުން ވަކިފަރާތަކަށް ޖެހިވަޑައިގެން ޤާޟީ ޢަބްދުﷲ މުޙައްމަދު ދެއްކެވި ވާހަކަތަކުގެ މައްސަލަކަންވަނީ ހާމަވެފައެވެ.

މިމައްސަލަ ހުށަހެޅުއްވި ވެލެޒިނީ އެދުވަސްވަރު ވިދާޅުވެފައިވަނީ މިއީ ޤާޟީއެއްގެ ސުލޫކީ މިންގަނޑުގެ މައްޗަށް ހިންގުނު މިބާވަތުގެ ފުރަތަމަ ތަހްޤީޤުކަމަށާއި، ޤާޟީ ޢަބްދުﷲ މުޙައްމަދުގެ މައްޗަށް ގިނަގުނަ ތުހުމަތުތަކެއް ކުރެވިފައިވީއިރު، އެންމެ ތުހުމަތެއްގެ ކަންތައް ބަލައި ތަހްޤީޤުކުރެވުމަކީވެސް ޝުކުރުވެރިވާކަމެއްކަމަށެވެ. އަދި ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބޭނުންނަމަ މިތަހްޤީޤުގެ އެންމެހައި ލިޔެކިޔުންތަކެއް މަޖިލީހަށް ހުށަހަޅައި، މަޖިލީހުގެ ތިންބައިކުޅަ ދެބައި އަޣްލަބިއްޔަތުން ޤާޟީ ޢަބްދުﷲ މުޙައްމަދު މަޤާމުން ދުރުކުރެވިދާނޭކަމަށްވެސް ވެލެޒިނީ އިތުރަށް ވިދާޅުވިއެވެ.
    announcement

    eht ni smitciv erutroT sevidlaM seirots rieht llet


    RSS feed Subscribe to our feed       Delicious Are we delicious?       Digg Add us to Digg       Technorati Bookmark us       Flickr Flickr gallery