ޤަތަރު އެއަރވޭސްގެ ބޯޓެއް ފުރުމުގެ ހުއްދަ ނުދީ ހިފަހައްޓައިފި

ޤަތަރު އެއަރވޭސްގެ ބޯޓެއް ފުރުމުގެ ހުއްދަ ނުދީ ހިފަހައްޓައިފި ތަންބުނެއިލް

ގްރައުންޑް ހެންޑްލިންގ ޗަރޖަސްއިން ބޮޑުކުރި ބައި ދެއްކުމަށް ދެކޮޅު ހަދާފައިވާތީ ދޯހާއަށް ފުރުމަށް އާދިއްތަ ދުވަހުގެ ރޭ ހަމަޖެހިފައޮތް ޤަތަރު އެއަރވޭސްގެ ފްލައިޓް އިބްރާހިމް ނާސިރު އިންޓާރނޭޝަނަލް އެއަރޕޯޓުން ފުރުމުގެ ހުއްދަނުދީ ހިފަހައްޓައިފިއެވެ.

ކަންމިހެން ހުރިއިރު އިބްރާހިމް ނާސިރު އިންޓާރނޭޝަނަލް އެއަރޕޯޓުގެ ހެންޑްލިންގ ޗާރޖަސް ބޮޑުކުރުމަށް އެއަރޕޯޓު އޮޕަރޭޓްކުރަމުންދާ ޖީއެމްއާރުން ނިންމާފައިވާ ނިންމުމާއިގެން ކުރިއަށްގޮސްފިނަމަ، ޤަތަރު އެއަރވޭސްއިން ދިވެހިރާއްޖެއަށް ކުރަމުންދާ ވައިގެ ދަތުރުތައް ކުރިއަށްނުގެންދިއުމަށް ވިސްނަވާކަމަށް އެކުންފުނީގެ ސީއީއޯ އަކްބަރް އަލް ބަކަރްވަނީ މިދިޔަ ހަފްތާގެ ތެރޭގައި ވިދާޅުވެފައެވެ.

ރޮއެޓަރސް އިން ރިޕޯޓުކޮށްފައިވާގޮތުގައި އިބްރާހިމް ނާސިރު އިންޓާރނޭޝަނަލް އެއަރޕޯޓުގެ ހެންޑްލިންގ ޗާރޖަސް ކައިރި މުސްތަޤުބަލެއްގައި ބޮޑުކުރުމަށް ނިންމާފައިވާކަން އެނގިފައިވާތީ، ޤަތަރު އެއަރވޭސްއިން އެކަމާ ކަންބޮޑުވުމާއި، ހިތްހަމަނުޖެހުން ފައުޅުކޮށްފައިވާއިރު، އެބާވަތުގެ ކަމެއް ހިނގައިފިނަމަ ދިވެހިރާއްޖެއަށް ޤަތަރު އެއަރވޭސްއިން އޮޕަރޭޓުކުރާ ކުރުން ހުއްޓުމަކަށް އައުމުގެ ބިރު އޮތްކަމަށެވެ.

ޤަތަރު އެއަރވޭސްއިން އެއަރޕޯޓަށް ދައްކާންޖެހޭ ފައިސާ ނަގުދުން ދެއްކުމަށް ޖީއެމްއާރުން އެއެއަރލައިނަށް އަންގާފައިވާކަމުގެ ޚަބަރު މިނޫހަށް ލިބި، އެކަންވަނީ އިއްޔެ ރިޕޯޓުކުރެވިފައެވެ.

އިބްރާހިމް ނާސިރު އިންޓާރނޭޝަނަލް އެއަރޕޯޓުގެ ސީއީއޯ އެންޑްރޫ ހެރިސަން މިކަމާމެދު މިނޫހާ ވާހަކަދައްކަވަމުން ވިދާޅުވެފައިވަނީ ޤަތަރު އެއަރލައިންގެ ބޯޓު ފުރުމުގެ ހުއްދަ ނުދީ ހިފަހައްޓާފައިވަނީ އަގަށް ގެނުވުނު ބަދަލަށް ޢަމަލުކުރުމަށް އެއެއަރލައިނުން ދެކޮޅު ހެދުމުންކަމަށާއި، ވިހި މިނިޓަށް ބޯޓު ފުރުން ޑިލޭވިކަމަށެވެ. އެހެންނަމަވެސް ދޫދިނުމުގެ ގޮތުންނާއި، ތިމާމެންގެ ކުށެއްނެތި ޑިލޭގެ ސަބަބުން ދަތިވެ، ކަނެކްޓިންގ ފްލައިޓުތަކަށް އަރާންޖެހޭ އަންހެނުންނާއި، ކުޑަކުދިންވެސް ބޯޓުގައި ތިބިކަމަށްޓަކައި ބޯޓު ފުރުމުގެ ހުއްދަ ދިނީކަމަށް އެންޑްރޫ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވެފައިވަނީ 41 އަހަރަށްފަހު މިއަގުތަކަށް ބަދަލުގެންނާނޭކަން 0102 ވަނައަހަރުގެ ފެބްރުއަރީމަހު މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީއިން ހާމަކޮށްފައިވާކަމަށާއި، އަގަށް ބަދަލު ގެނައިނަމަވެސް މިސަރަޙައްދުގެ އެހެން އެއަރޕޯޓުތަކާ އަޅާކިޔާއިރު، އިބްރާހިމް ނާސިރު އިންޓާރނޭޝަނަލް އެއަރޕޯޓުގެ އަގުތައް އަދިވެސް ހެޔޮވާނެކަން ފާހަގަކުރައްވަމުން އެންޑްރޫ ހެރިސަން އިތުރަށް ވިދާޅުވެފައިވަނީ އަގުތަކަށް ބަދަލުގެނައުމުގެ ކުރިން އެއަރލައިންތަކަށް 6 މަސްދުވަހުގެ ނޯޓިސްއެއް ދޭންޖެހުނު ނަމަވެސް، މޯލްޑީވްސް އެއަރޕޯޓްސް ކޮންޕެނީއިން 9 މަސްދުވަހުގެ ނޯޓިސްއެއް އެއަރލައިންތަކަށް ދީ، 1 ނޮވެންބަރު 0102 ގައި އަގުތަކަށް ގެނައި ބަދަލާ އެއްގޮތްވާގޮތުގެ މަތީން އަގުނަގާން ފެށުނު ކަމަށާއި، ޖީއެމްއާރުން އެއަރޕޯޓާ ޙަވާލުވުމަށްފަހުގައިވެސް އެގެނައި ބަދަލާއެކުގައި ކުރިއަށް ގެންދަނީކަމަށެވެ.

މިނޫހަށް މަޢުލޫމާތު ލިބިފައިވާގޮތުގައި އެއަރޕޯޓުގެ ޚިދުމަތްތަކަށް ގެނުވުނު އަގުގެ ބަދަލުތަކާއި ގުޅިގެން އެއަރލައިންތަކާ ޖީއެމްއާރުންދަނީ ވާހަކަދައްކަމުންނެވެ. އަދި މިކަމާ ގުޅޭގޮތުން މިހަފްތާގެ ފަހުކޮޅު ރަސްމީ ބަޔާނެއް ޢާންމުކުރާނެކަމަށް ޖީއެމްއާރުން ބުނެފައިވެއެވެ.

ޤަތަރު އެއަރވޭސްއިން ދިވެހިރާއްޖޭގައި ހުންނަވާ ކަންޓްރީ މެނެޖަރު ސައްޔެދް މުޙައްމަދު ތާރިޤް މިކަމާމެދު މިނިވަން ނިއުސްއާ ވާހަކަދައްކަވަމުން ވިދާޅުވެފައިވަނީ ހެޑް އޮފީހުގައި ސީނިއަރ މެނެޖްމަންޓުގެ ބޭފުޅުން މިކަމުގައި މަސައްކަތްކުރައްވަމުން ގެންދަވާކަމަށާއި، ޤަތަރު އެއަރވޭސްގެ ސީއީއޯގެ ބަސްފުޅު މިކަމުގައި އޮތްގޮތް ސާފުކޮށް އެޔޮތީ ހާމަވެފައިކަމުން، އެއްވެސް އިތުރު އެއްޗެއް ދަންނަވަން ބޭނުންފުޅުނުވާކަމަށެވެ.

މިއަދު ޤަތަރު އެއަރވޭސްއިން ޝެޑިއުލްކޮށްފައިއޮތް 2 ދަތުރުވެސްވަނީ ކެންސަލްކޮށްފައެވެ. އެހެންނަމަވެސް ކުރިއަށް ރޭވިފައި ހުރި ދަތުރުތައް ކެންސަލުކުރުމަށް އަދި ނިންމާފައިނުވާކަމަށާއި، ކެންސަލުވި ފްލައިޓުތަކުން ދަތުރުކުރަމަށް ހަމަޖެހިފައިވި ފަސިއްޖަރުންގެ ކަންތައްތައް ހަމަޖައްސަމުންގެންދާކަމަށްވެސް ސައްޔެދް މުޙައްމަދު ތާރިޤް އިތުރަށް ވިދާޅުވިއެވެ.








    announcement

    eht ni smitciv erutroT sevidlaM seirots rieht llet


    RSS feed Subscribe to our feed       Delicious Are we delicious?       Digg Add us to Digg       Technorati Bookmark us       Flickr Flickr gallery