ރައްޔިތުންގެ މަޖިލީހުގެ ހިންގާ ޤަވާޢިދަށް އިސްލާޙު ގެންނާން ތާޢީދުނުކުރާކަމަށް އެމްޑީޕީއިން ބުނެފި

ރައްޔިތުންގެ މަޖިލީހުގެ ހިންގާ ޤަވާޢިދަށް އިސްލާޙު ގެންނާން ތާޢީދުނުކުރާކަމަށް އެމްޑީޕީއިން ބުނެފި ތަންބުނެއިލް

ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ހިންގާ ޕާޓީގެ މެންބަރަކު ނެތްނަމަވެސް، ކޮންމެ ޕާޓީއެއް މެދުވެރިކޮށްވެސް ސަރުކާރުން، މަޖިލީހަށް ބިލު ހުށަހެޅޭގޮތަށް ރައްޔިތުންގެ މަޖިލިހުގެ ޤަވާޢިދު އިސްލާހުކުރުމަށް ތާޢީދުނުކުރާކަމަށް ދިވެހި ރައްޔިތުންގެ ޑެމޮކްރެޓިކް ޕާޓީ (އެމްޑީޕީއި)ން ބުނެފިއެވެ

މަޖިލީހުގެ ޤަވާޢިދުގެ 17 ވަނަ މާއްދާގައި ބުނެފައިވަނީ ޓެކްސް ބިލުތައް ހިމެނޭގޮތުން، ސަރުކާރުގެ ފަރާތުން އެއްވެސް ބިލެއް މަޖިލީހަށް ހުށަހެޅޭނީ ވެރިކަން ހިންގާ ޕާޓީއިންކަމަށެވެ. އެހެންނަމަވެސް މިހާރު ވެރިކަމުގައި ހުންނެވި ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު ނިސްބަތްވެވަޑައިންނަވާ ޤައުމީ އިއްތިޙާދު ޕާޓީގެ އެއްވެސް މަޖިލިސް މެންބަރަކު ނެތެވެ.

މިކަމާމެދު އެމްޑީޕީއިން ބުނެފައިވަނީ “އެމްޑީޕީގެ މައި އޮފީހުގައި ބޭއްވި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގެ އަޤްލަބިއްޔަތުން ނިންމާފައިވަނީ، 7 ފެބްރުއަރީ 2012 ވަނަ ދުވަހު ފުލުހުންނާއި ސިފައިންގެ ބައިވެރިވުމާއެކު، އިދިކޮޅު ސިޔާސީ ފަރާތްތަކުން ބަޣާވާތެއް ގެނެސް ވެރިކަން ފޭރިގެންފައިވީ ނަމަވެސް، 2008 ނޮވެމްބަރ 11 އިން ފެށިގެން ހިނގަމުންދާ ވެރިކަމަކީ ގާނޫނީ ގޮތުން އެމްޑީޕީގެ ވެރިކަމެއް ކަމަށް އެ ގްރޫޕަށް ފެންނާތީ ވަހީދުގެ ބަޔާނަށް އެމްޑީޕީން ރައްދު ދޭން ނުޖެހޭނޭ ކަމަށާއި “އެ ބަޔާނަށް ރައްދުދޭން ޖެހޭނީ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަޙުމަދު ތަސްމީން ޢަލީ ނިސްބަތްވާ ޑީއާރުޕީއަށް ކަމަށެ”ވެ.

މިމަޢުޟޫގައި މިނޫހާ ވާހަކަދައްކަވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރު ޙާމިދު ޢަބްދުލް ޣަފޫރު ވިދާޅުވެފައިވަނީ އެމްޑީޕީގެ ސަރުކާރު ވެރިކަމަށް ގެނައުމަށް ރައްޔިތުން ވޯޓުލީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށާއި، ރިޔާސީ ދައުރުގެ މެދުތެރެއިން އެމްޑީޕީއަކީ އިދިކޮޅު ޕާޓީކަމަށް ހެއްދެވުމަށް ޢަބްދުﷲ ޝާހިދުކުރައްވާ މަސައްކަތްޕުޅު ސިފަކުރެއްވެނީ މަޖިލީހުގެ ތެރެއިން ބަޣާވާތެއް ގެނައުމަށް ކުރައްވާ މަސައްކަތްޕުޅެއްގެ ގޮތުގައިކަމަށެވެ.

އަދި ހޯމަ ދުވަހު މަޖިލިހުގެ ޖަލްސާތައް އަލުން ފެށިގެންދާއިރު މިމައްސަލައިގައި އެމްޑީޕީގެ މެންބަރުންނާއި، މިހާރުގެ ސަރުކާރާ ބައިވެރިވެގެންތިބި ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ މެދުގައި މައްސަލަ ހޫނުވެގެންދާނެކަމަށްވެސް ޙާމިދު ޢަބްދުލް ޣަފޫރު ވިދާޅުވެފައިވެއެވެ.

ކަންމިހެންހުރިއިރު މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ދުވަހު ނޫސް ހަވީރުގައި ވިދާޅުވެފައިވަނީ ޑރ. ވަޙީދުގެ ސަރުކާރުން މަޖިލީހަށް ބިލުތައް ހުށަހެޅުމަށް، މަޖިލީހުގެ ޤަވާޢިދު އިސްލާހުކުރާންޖެހޭކަމަށާއި، ރައީސް ނަޝީދުގެ ދައުރުގައި ހުށަހަޅުއްވާފައި ހުރި ބިލުތައް ބާތިލުވެ، އަލުން އެބިލުތައް ހުށަހަޅާންޖެހޭނެކަމަށް ޤަބޫލުކުރައްވާކަމަށެވެ. އަދި މަޖިލީހުގެ ޤަވާޢިދުގެ 52 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނަށް ޖަވާބުދޭންޖެހެނީ މަޖިލީހުގައި އޮތް އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީއިންކަމަށްވާއިރު، ރިޔާސީ ބަޔާނަށްދޭ ރައްދަކާމެދުގައިވެސް މަޖިލީހުން ގޮތެއް ނިންމާންޖެހޭކަމަށްވެސް ނާޒިމް އިތުރަށް ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދަށް އެމްޑީޕީއިން ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ “އެމްޑީޕީގެ އިންތިޚާބީ ސަރުކާރު ދެމިއޮތްހާ ހިނދަކު ޤާނޫނީ ގޮތުން މަޖިލީހަށް ހުށަހަޅާ ރިޔާސީ ބަޔާނަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ޖަވާބުދާރީ ވާންޖެހޭނެ ކަމަކަށް ގަބޫލުނުކުރެވޭ”ކަމަށެވެ.
    announcement

    eht ni smitciv erutroT sevidlaM seirots rieht llet


    RSS feed Subscribe to our feed       Delicious Are we delicious?       Digg Add us to Digg       Technorati Bookmark us       Flickr Flickr gallery