Announcements

announcement

UNDP
Position: Communication and Advocacy Associate



announcement

Advertise your job on Minivan News



އެމްޑީޕީގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމަށް އެޕާޓީގެ ޤައުމީ މަޖިލީހުން ފާސްކޮށްފި

އެމްޑީޕީގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމަށް އެޕާޓީގެ ޤައުމީ މަޖިލީހުން ފާސްކޮށްފި ތަންބުނެއިލް

leދިވެހި ރައްޔިތުންގެ ޑެމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް، ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. އިބްރާހިމް ދީދީއަށާއި، ނައިބު ރައީސް، ފޭދޫ ދާއިރާގެ މަޖިލިސް މެންބަރު އަލްހާން ފަހުމީގެ މައްޗަށް އިތުބާރު ނެތްކަމަށް މިއަދު ބޭއްވި އެޕާޓީގެ ޤައުމީ މަޖިލީހުން ނިންމަފިއެވެ.

މިއަދު ހަވީރު 4 ޖެހިއިރު ދަރުބާރުގޭގައި ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޖަލްސާގައި ވޯޓުދެއްވި 37 މެންބަރުންގެ ތެރެއިން 96 މެންބަރުން ވޯޓުދެއްވާފައިވަނީ ޑރ. އިބްރާހިމް ދީދީއާއި އަލްހާން ފަހުމީގެ މައްޗަށް އިތުބާރުނެތްކަމަށެވެ. 4 މެންބަރުންވަނީ ވޯޓުގައި ބައިވެރިވެވަޑައިނުގެންފައެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހަށް މިޤަރާރު ހުށަހެޅުއްވި މަޖިލިސް މެންބަރު ޙާމިދު ޢަބްދުލް ޣަފޫރު ވިދާޅުވެފައިވަނީ މިއީ ޒާތީކަމެއް ނޫންކަމަށާއި، ސިޔާސީ ކަމެއްކަމަށެވެ. އަދި މިއަދަކީ ޑެމޮކްރަސީއަށާއި، ޕާޓީއަށް ރަނގަޅު ދުވަހެއްކަމަށާއި، ދިވެހިރާއްޖޭގެ އޮތް އެންމެބޮޑު ސިޔާސީ ޕާޓީ ޑެމޮކްރެޓިކް ހަމަތަކުގެ މަތިން މަސައްކަތްކުރާކަން މިއަދު ހާމަކޮށްދީފިކަމަށްވެސް ޙާމިދު ވިދާޅުވިއެވެ.

އެމްޑީޕީއިން ބުނެފައިވަނީ ޑރ. އިބްރާހިމް ދީދީއާއި އަލްހާން ފަހުމީގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ ފެންމަތިވެފައިވަނީ ރައީސް ނަޝީދާއި، އެމަނިކުފާނުގެ ކެބިނެޓަކީ ދިވެހިރާއްޖޭގެ އިންތިޚާބީ ޤާނޫނީ ސަރުކާރުކަމަށް ވެރިކަން ބަދަލުވެދިއުމަށްފަހު 8 ފެބްރުއަރީގައި ޕާޓީގެ ޤައުމީ މަޖިލީހުން ނިންމާފައިވަނިކޮށް މިނިންމުމާ ތަޢާރުޒުވާގޮތްތަކަކަށް އެދެބޭފުޅުންގެ ބަސްމަގު ބަހައްޓަވަމުން ގެންދެވުމުންކަމަށެވެ.

މިބާވަތުގެ ވޯޓެއް ނެގުމަށް މިމަހުގެ ކުރީކޮޅުވެސް ޤައުމީ މަޖިލީހަށްވަނީ ހުށަހެޅިފައެވެ.  އޭރު އެޤަރާރު ޤައުމީ މަޖިލީހަށް ހުށަހެޅުއްވި އެމްޑީޕިގެ އިލެކްޝަންސް ކޮމިޓީގެ މުޤައްރިރު އިބްރާހިމް ވަޙީދު އެދުވަސްވަރު ވިދާޅުވެފައިވަނީ ޤަރާރު ހުށަހަޅުއްވާންޖެހުނީ އެމްޑީޕީގެ އަސާސީ ޤަވާޢިދާ ޚިލާފަށް ޕާޓީގެ ބައެއް ލީޑަރުން ވާހަކަދައްކަވަމުން ގެންދަވާތީކަމަށެވެ.

މިއަދުގެ ޤައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ކުރެވޭ ތުހުމަތުތަކާގުޅޭ އިތުރު މަޢުލޫމާތު އެރުވުމަށާއި، ކުރެވޭ ތުހުމަތުތަކުގައި އަސްލެއްނެތްކަމަށް އަލްހާން ފަހުމީ ވިދާޅުވިކަމަށް ޙާމިދު ޢަބްދުލް ޣަފޫރު މަޢުލޫމާތުދެއްވިއެވެ.

މިއަދުގެ ޤައުމީ މަޖިލީހުގެ ޖަލްސާއަށް ޑރ. އިބްރާހިމް ދީދީ ޙާޒިރުވެވަޑައިގެންފައެއް ނުވެއެވެ. އަދި އެދެބޭފުޅުންގެ ބަހެއްވެސް މިކަމުގައި ސީދާ މިނޫހަށް ހޯދޭގޮތްވަނީ ނުވެފައެވެ. އެހެންނަމަވެސް މިއަދަކީ ޑެމޮކްރަސީއަށް އައި ކަޅުދުވަހެއް ކަމުގައި އަލްހާންވަނީ ޤައުމީ މަޖިލީހުގެ ޖަލްސާއަށްފަހު ޓްވީޓް ކުރައްވާފައެވެ.

ކަންމިހެން ހުރިއިރު މިއަދުގެ ޤައުމީ މަޖިލީހުގެ ޖަލްސާގެ ކުރިން މިނޫހާ ވާހަކަދައްކަވަމުން ޑރ. އިބްރާހިމް ދީދީ ވިދާޅުވެފައިވަނީ ހުށަހެޅިފައިވާ ޤަރާރަކީ ޢާންމުކޮށް ޤައުމީ މަޖިލީހުގައި ޢަމަލުކޮށްފައިވާގޮތާއި ޚިލާފަށް ހުށަހަޅާފައިވާ ޤަރާރެއްކަމަށާއި، ޢާންމުކޮށް ޤައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވާނަމަ ޕާޓީގެ ނައިބު ރައީސް ނުވަތަ ރައީސްއާ އެކަމާ ގުޅޭގޮތުން މަޝްވަރާކުރެވުނު ނަމަވެސް، މިއަދު އެކަން އެގޮތަށް ކޮށްފައިނުވާކަމަށެވެ.

އަދި ކުރީގެ ކެބިނެޓް ވަޒީރެއްގެ ޙައިސިއްޔަތުން މިއަދުގެ ޤައުމީ މަޖިލިހުގައި ބައިވެރިވެވަޑައިގެންނެވޭނޭ ނަމަވެސް، ކުރީގެ ކެބިނެޓަކީ ސައްޙަ ކެބިނެޓެއްކަމަށް ޤަބޫލުނުކުރައްވާކަމުން ޖަލްސާއަށް ވަޑައިނުގަންނަވާނެކަމަށާއި، ޕާޓީގެ އަސާސީ ޤަވާޢިދު ބުނާގޮތުންނަމަ ޕާޓީގެ ކެބިނެޓް އެކުލަވާލައްވަން ޖެހިވަޑައިންނަވަނީ ޕާޓީގެ ރައީސަށްކަމަށްވެސް ޑރ. އިބްރާހިމް ދީދީވަނީ މިއަދުގެ ޤައުމީ މަޖިލިސް ޖަލްސާގެ ކުރިން މިނޫހުގައި ވިދާޅުވެފައެވެ.

ކަންމިހެން އޮތްއިރު އެމްޑީޕީގެ އަސާސީ ޤަވާޢިދުގެ 03 ވަނަ މާއްދާގެ ދަށުން ޕާޓީގެ ރައީސާއި، ނައިބު ރައީސާއި، ޗެއަރޕަރސަންއާއި، ޑެޕިއުޓީ ޗެއަރޕަރސަނުންގެ ޢަމަލުތަކާމެދު ޝަކުވާއެއް ހުށަހެޅިއްޖެނަމަ އެމަޤާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް އިތުބާރު އޮތް މިންވަރުގެ މައްޗަށް ބަހުސްކޮށް ގޮތެއް ނިންމުމުގެ ބާރާއި އިޚްތިޔާރު ޤައުމީ މަޖިލީހަށް ލިބިގެންވާކަމަށް ޙާމިދު ޢަބްދުލް ޣަފޫރު ވިދާޅުވިއެވެ.

ޙާމިދު ޢަބްދުލް ޣަފޫރު އިތުރަށް ވިދާޅުވެފައިވަނި އެމްޑީޕީގެ ލީޑަރޝިޕް ބަދަލުކުރުމަށް ޤައުމުގެ އެކި ކަންކޮޅުތަކުގައި ތިބި ރައްޔިތުންނާއި ޤައުމީ މަޖިލީހުގެ ތެރެއިންވެސް އޭނާގެ ގާތުގައިވެސް އެދެމުން ގޮސްފައިވާކަމަށާއި، ޕާޓީގެ އަސާސީ ޤަވާޢިދު ބުނާގޮތުންނަމަ އާލީޑަރޝިޕެއް ހޮވުމަށް އަލުން އިންތިޚާބެއް ބާއްވަންޖެހޭނެކަމަށެވެ.








    announcement

    Torture victims in the Maldives tell their stories


    RSS feed Subscribe to our feed       Delicious Are we delicious?       Digg Add us to Digg       Technorati Bookmark us       Flickr Flickr gallery